ޚަބަރު

Card image cap

61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހްމަދުއެވެ.
މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހޭއިރު މި މަސައްކަތަށް ގާތްގަނޑަކަށް 8.8 މިލިއަން ރުފިޔާ ޚަރަދު ވާނެއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ ޖިމްތަކެކެވެ.