ޚަބަރު

Card image cap

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފި

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޅ. ހިންނަވަރު، ނ. ހޮޅުދޫ އަދި ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބް ބޭސް ތައްޔާރުކުރުމަށް ސިވެކް އާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޭޖާ އަހުމަދު ޒުބައިރުއެވެ.
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.