ޚަބަރު

Card image cap

ފަސް ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ފަސް ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މިއަދު ވަނީ ބ. ދަރަވަންދޫ، މ. މުލި، މ. ނާލާފުށި، ށ. ފޭދޫ އަދި ށ. ޅައިމަގުގެ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ހަވާލުކޮށްފައެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޚްލޫފްއެވެ. އަދި ޓްރިޕަލް އެއިޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފައިސަލްއެވެ.