ޚަބަރު

Card image cap

ނެޝަނަލް ޗެސް އާކޭޑް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ނެޝަނަލް ޗެސް އާކޭޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހުޅުއްވައިދެއްވައިފިއެވެ.

ނެޝެނަލް ޗެސް އާކޭޑް ހުޅުވާފައިވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވުމުގެ ގޮތުން ފުރަތަމަ ބޯޑުގެ ކުޅުން ފަށްޓަވައިދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް ޗެސް އާކޭޑަކީ ޗެސް ކުޅުމަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސަވައިދެއްވި ހޯލެކެވެ.