ޔޫތު ކަޕް 2018 އަށް ޒުވާނުންގެ ބޮޑު ތަރުހީބެއް!

29 ޖުލައި 2018 - 00:07

ޔޫތު މިނިސްޓްރީގެ ފަރާތުން ޖުލައި 26 އަދި 27 މި ދެދުވަހު މާފަންނު ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ ޔޫތު ކަޕް 2018 އަށް ވަނީ ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ. ތަފާތު ގިން ކުޅިވަރުތަކެއް ހިންގިފައިވާއިރު މުޅި ޖުމްލަ 973 ޒުވާނުން ވަނީ ބައިވެރިވެފައެވެ. ޔޫތު ކަޕަކީ ކޮންމެ އަހަރެއްގެ މިނިވަން ދުވަހާއި ދިމާކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރު ޓޯނަމަންޓެކެވެ. އެހެން އަހަރުތަކާއި އަޅާ ބަލާއިރު، މިއަހަރު ޔޫތު ކަޕަށް ލިބުނު ތަރުހީބު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެ އެވެ. މިއަހަރުގެ ޔޫތު ކަޕްގައިވެސް ވޮލީ ބޯލް، ހޭންޑް ބޯލް، ބާސްކެޓް ބޯލް، ޓޫ އޮން ޓޫ ފުޓް ބޯޅަ އާއި ޕީއެސް 4 ޓޯނަމަންޓް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ދީގެން ކުރިއަށް ގެންގޮސްފައިވާ މި ޓޯނަމަންޓްތަކުގައި 39 ޓީމު ބައިވެރިވެފައިވެ އެވެ. އަދި ޕީއެސް ޓޯނަމަންޓްގައި 638 ޒުވާނުން ބައިވެރިވެފައި ވެއެވެ. ޔޫތު ކަޕަށް، ްއަހަރަކަށް ވުރެ އަހަރެއް ޒިވާނުންގެ ތަރުހީބު ބޮޑު ވަމުންދާއިރު ވަނަތަށް ހޯދި ޒުވާނުންނަށް ތައްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމުތައްވެސް ލިބިގެން ދިޔައެވެ. މި އަހަރުގެ ޔޫތު ކަޕްއަށް ވެސް ގިނަ ފަރާތްތަކަކުން ވަނީ އެހީ ތެރިވެދެއްވާފައެވެ. އެގޮތުން އެންޒީ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އީ ސްޕޯޓިންގ އެސޯސިއޭޝަން އަދި ޓުގެދަރ އޭޒް ވަން ފާހަގަކޮށްލެވެ އެވެ.