މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ތިމަރަފުށި ޒުވާނުންގެ މަރުކަޒުގެ ޤުރުއާން އަދި މަދަހަ މުބާރާތް ފެށިއްޖެ!

02 ޖޫން 2018 - 00:06

ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން ތ.ތިމަރަފުށީ ކައުންސިލްއާއި ގުޅިގެން ޤުރުއާން، މަދަހަ އަދި ދީނީ ކުއިޒު މުބާރާތް 1439 ފެށިއްޖެއެވެ.
9 އުމުރުފުރާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 392 ބައިވެރިން ބައިވެރިވެފައި ވެއެވެ. ޤުރުއާން ބަލައިގެން ކިޔުމުގެ ގޮފީގައި 90 ބައިވެރިން ބައިވެރިވެފައެވެ. ޤުރުއާން ނުބަލައި ކިޔުމުގެ ގޮފީގައި 80 ބައިވެރިން ބައިވެރިވެފައިވާއިރު މަދަހަ މުބާރާތުގައި 114 ބައިވެރިން ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ދީނީ ކުއިޒު މުބާރާތުގައިވަނީ 108 ބައިވެރިން ބައިވެރިވެފައެވެ. ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި މިމުބާރާތްތައް ކުރިއަށް ގެންދިޔުމުގައި ތިމަރަފުށީ މުއައްސަސާތަކާއި، ކުންފުނިތަކާއި، ރަށުގެ ވިޔަފާރިވެރިންނާއި، މާލޭގައި ދިރި އުޅުއްވާ ރަށުގެ ވިޔަފާރިވެރިންގެ އިތުރުން ރަށުގެ ދެޖިންސުގެ ޒުވާނުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަނީ ލިބިފައެވެ.
މިއީ ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގައި ރަމަޟާންމަހުގައި މިމުބާރާތްތައް ބާއްވާ 3 ވަނަ ފަހަރުއެވެ.