ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން މިއަހަރުގެ 2 ވަނަ އިންޓަރވިއު ސްކިލްސް ވޯކްޝޮޕް ބާއްވައިފި!

25 މާރިޗު 2018 - 13:03

ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރގެ ފަރާތުން މިއަދު އިންޓަރވިއު ސްކިލްސް ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕަކީ ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒުވާނުން ވަޒީފާގެ މާހައުލަށް ނިކުތުމަށް ތައްޔާރުވުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހިންގޭ "ތައްޔާރުވަމާ" ޕްރޮގްރާގެ ތެރެއިން ވަޒީފާއަށް އަލަށް ނިކުންނަ ޒުވާނުންނަށް އިންޓަރވިއުއަކާއި ކުރިމަތިލާން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގުނު ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި އިންޓަރވިއުއަކަށް ދިއުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކާއި، އިންޓަރވިއު އަކަށް ގޮސް އަމަލުކުރާނެ ގޮތާއި އަދި އިންޓަވިއުއެއްގައި އާއްމުކޮށް ކުރާނެ ސުވާލުތަކަށް ޖަވާބުދޭނެ ރަގަނޅު ގޮތްތަށް ފަދަ ކަންތައްތަށް 21 ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ކަސްޓަމްސް އާއި ގުޅިގެން އަންނަ ބުދަ ދުވަހު ކެރިއަރ އެކްސްޕްލޮރޭޝަން ވިތް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ވަރަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމަށްވަނީ ރޭވިފައެވެ.

މި ޕްރޮގްރާމް ގައި ކަސްޓަމްސްގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި ތަމްރީނު ޕްރޮގްރާމްތައް ޒުވާނުންނަށް ހިއްސާކުރެވޭނެއެވެ.