ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން އިންޓަރވިއު ސްކިލްސް ވޯކްޝޮޕްއެއް ހިންގައިފި

01 މާރިޗު 2018 - 11:03

ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރގެ ފަރާތުން 28 ފެބްރުވަރީ 2018 ވީ ބުދަ ދުވަހު 11:00 އިން 13:00 އިންޓަރވިއު ސްކިލްސް ވޯކްޝޮޕްއެއް 25 ބައިވެރިންނާއެކު ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައި ބާއްވައިފިއެވެ. މިއީ ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒުވާނުންނަށާއި އާންމުކޮށް މިވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ބޭއްވުނު ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕަކީ ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒުވާނުން ވަޒީފާ މާހައުލަށް ނިކުތުމަށް ތައްޔާރުވުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހިންގޭ "ތައްޔާރުވަމާ" ޕްރޮގްރާގެ ތެރެއިން ވަޒީފާއަށް އަލަށް ނިކުންނަ ޒުވާނުންނަށް އިންޓަރވިއުއަކާއި ކުރިމަތިލާން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި އިންޓަރވިއުއަކަށް ދިއުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކާއި، އިންޓަރވިއު އަކަށްގޮސް އަމަލުކުރާނެ ގޮތާއި އަދި އިންޓަވިއުއެއްގައި އާއްމުކޮށް ކުރާނެ ސުވާލުތަކަށް ޖަވާބުދޭނެ ރަގަނޅު ގޮތްތަށް ފަދަ ކަންތައްތަށް ބައިވެރިންނަށް ދަސްކޮށްދެވުނެވެ.

ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒުވާނުންނަށް އަމަޒުކޮށްގެން ހިންގޭ "ތައްޔާރުވަމާ" ޕްރޮގްރާމްގެ ތެރެއިން އިންޓަވިއު ސްކިލްސް ވޯކްޝޮޕްގެ އިތުރުން މޯޓިވޭޝަން އެންޑް ގޯލްސެޓިންގ ވޯކްޝޮޕް، ކޮމިއުނިކޭޝަން ސްކިލްސް އަދި ވޯކް އެތިކްސްގެ ނަމުގައި ވޮކްޝޮޕްތައް ހިންގެއެވެ.