މިނިސްޓަރ އިރުތިޝާމް އާދަމް ހދ.ހިރިމަދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި!

17 އޯގަސްޓް 2017 - 00:08

މިނިސްޓަރ އިރުތިޝާމް އާދަމް ހދ.ހިރިމަދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ހިރިމަރަދޫ ފުޓުބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ގުޅޭގޮތުންނެވެ.

މީގެ އިތުރުން ހިރިމަރަދޫ ޒުވާނުންނަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއިބެހޭގޮތުން ވަނީ ޔޫތު މިނިސްޓަރ އިރުތިޝާމް އާއި ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައެވެ. ހިރިމަރަދޫ ކައުންސިލް މެމްބަރުންނަށް މިނިސްޓްރީގެ ފަރާތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގައި މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.