މިނިސްޓަރ އިރުތިޝާމް އާދަމް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން އާއި ބައްދަލުކުރައްވައިފި!

02 އޯގަސްޓް 2017 - 00:08

މިނިސްޓަރ އިރުތިޝާމް އާދަމް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން އާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބުދަދުވަހު ބޭއްވުނު މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ހުޅުމާލެ (ޔޫތު ސިޓީ)ގައި ކުރިޔަށްދާ ކުޅިވަރުގެ މަޝްރޫޢުތަކާއި ބެހޭގޮތުންނެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށް ބަލާއިރު ޔޫތު ސިޓީގައި ޒުވަނުންނާއި ކުޅިވަރާ ގުޅޭ މަޝްރޫޢުތައް މިހާރުގޮސްފައިވާ މިންވަރާއި، އަދި ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތައް ކުރިޔަށް ގެންދާނެގޮތްވެސް ހިމެނެއެވެ. އަދި ޔޫތު ސިޓީގައި ކަނޑައެޅިފައިވާ ކުޅިވަރުގެ ބިންތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ޔޫތު މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ކައުންސިލްތަކުގެ ތެރެއިން މިނިސްޓްރީގެ މަޝްރޫޢުތައް ނުވަތަ ޒުވާނުންނާއި ކުޅިވަރާއި ގުޅޭ އެންމެހާ މަޝްރޫޢުތައް ހަވާލްކުރެވިފައިވާ ނުވަތަ ހިންގަމުން އަންނަ އެންމެހާ ފަރާތްތައް އެފަދަ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް ބާރުއެޅުމުވެ.