ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހަށް ޗައިނާ އިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ވަންގ ފޫކާން ވަދާޢީ ޒިޔާރަތެއް ކުރައްވައިފި!

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހަށް ޗައިނާ އިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ވަންގ ފޫކާން ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

            މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްގެ އަރިހަށް އަންގާރަދުވަހު ޗައިނާ  ސަފީރު ކުރެއްވި ވަދާޢީ ޒިޔާރަތަކީ އެމަނިކުފާނު ސަފީރުކަމުގެ ދައުރު ހަމަވުމާއިގުޅިގެން އެނބުރި ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ޒުވާނުންގެ ވުޒާރާއިން ޒުވާނުންނާއި ކުޅިވަރާއިގުޅޭ އެންމެހާ ކަންތައްތަކުގައި ޗައިނާގެ ބައިވެރިވުމާއި އިރުޝާދުތަކާއި އެހީތެރިކަން ރާއްޖެއިން ހޯދާ އަދި އެމަނިކުފާނާއި ދޭތެރޭގަ ބެހެއްޓެވި އޯގާތެރިކަމަށް ޝަކުރު އަދާކުރެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

            މި ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ޗައިނާ ސަރުކާރުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުނު ގިނަ ޕްރޮގްރާމްތަކުގަ ބައިވެރިވި ޒުވާނުންނަށް ތަފާތު ހުނަރާއި ފަންނުވެރިކަމާއި އަދި ޢިލްމީގޮތުން ވަރަށްގިނަ ކަންކަން ތަޖުރިބާކުރެވިފައިވާކަމަށް ފާހަގަކުރައްވާފައެވެ. އަދި ޗައިނާ އަކީ އަބަދުވެސް ދިވެހި ޒުވާނުން ތަރައްޤީގެ މަގުގައި ފައިތިލަ ސާބިތުކޮށް ޤައުމާއި ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ޒުވާނުންގެ ބައިވެރިވުމަށް ހިތްވަރުދޭ ޤައުމެކެވެ. އަދި މިފަދަ ފުރުސަތުތައް ތަނަވަސްވެފައިވަނީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގެ އަގުހުރި ގިނަގުނަ މަސައްކަތްޕުޅުތަކުގެ ސަބަބުންކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް މިބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

            ޗައިނާ ސަފީރު ފޫކާން ވިދާޅުވިގޮތުގައި ރާއްޖެއިން އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންތައްތަކުގެ ތެރޭގައި އިޤްތިސާދީ އަދި އިޖުތިމާޢީ ދާއިރާތަކުން ޒުވާނުން މިއަދުވަނީ ބާރުވެރިފައެވެ. އަދި ދިވެހި ސަރުކާރާއި ވަކިން ޚާއްސަކޮށް ޒުވާނުންގެ ބެލެނިވެރިފަރާތް ކަމުގައިވާ، ޔޫތު މިނިސްޓްރީ އިން އަންނަނީ ޒުވާނުންނާއި ސީދާ ގުޅޭ ދާއިރާތަކަށް ނުހަނު ބޮޑެތި ހޭދަތަކެއް ކުރައްވަމުންނެވެ. ކުރިޔަށް އޮތްތަނުގައިވެސް  ޒުވާނުންނާއި ގުޅޭ ދާއިރާތަކަށް ޗައިނާއިން ޚާއްސަ އިސްކަމެއް ދެއްވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގައި ސަފީރު ފޫކާން ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

03 އޮގަސްޓް 2017


1 ހަފްތާ ކުރިން | Views: 117


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް