ޒުވާނުންނަށް ވަޒީފާ ޔަޤީން ގެ ނަމުގައި ޔޫތު ޖޮބް އެކްސްޕޯއެއް ބާއްވައިފި!

ޒުވާނުންނަށް ވަޒީފާ ޔަޤީން ގެ ނަމުގައި ޔޫތު ޖޮބް އެކްސްޕޯއެއް ބާއްވައިފިއެވެ.

            މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ހަވީރު ވިލިމާލޭގައި ކުރިޔަށްދިޔަ މި ޖޮބް އެކްސްޕޯގައިވަނީ ވިލިމާލޭގައި ދިރިއުޅޭ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައެވެ.

            މި އެކްސްޕޯ އިންތިޒާމް ކުރެއްވި ޓީމްގެ އިސް އެއް ފަރާތްކަމުގައިވާ އަލްފާޟިލް އަލީ ޒަކީ ވިދާޅުވިގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ 94000 ވަޒީފާގެ ވެއުދުފުޅުގެދަށުން ޒުވާނުންނަށްހުރި ވަޒީފާފެ ފުރުސަތުތައް އަންގައިދީ ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކުރުވުމެވެ. އަދި މި އެކްސްޕޯއިން ޒުވާނުން ވަޒީފާއަށް ހުރި ޝައުޤުވެރިކަން ދެނެގަނެވުނުކަމާއި 300 އެއްހާ ކުދިންނާއި ބައްދަލުވެ 60 އަށްވުރެންގިނަ ފޯމު ބަލައިގަނެވިފައިވާކަމަށް އަލީ ޒަކީ ވިދާޅުވިއެވެ.

           މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވިލިމާލެއަށް ކަނޑައަޅުއްވާފައި ތިއްބަވާ 2 ކޯޑިނޭޓަރުން ކަމުގައިވާ ޙަސަން ނިޝާއު އާއި އިސްމާޢީލް އިބްރާހިމް ވަނީ މި އެކްސްޕޯގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އިސްމާޢީލް އިބްރާހިމް ވިދާޅުވިގޮތުގައި މިހާތަނަށް ޔޫތު މިނިސްޓްރީއިން ކުރިޔަށް ގެންދަވާ މިފަދަ މުހިންމު ކޮންމެކަމެއްގައި  ޒުވާނުންގެ ބައިވެރިވުން އަންނަނީ އިތުރުވަމުންނެވެ. އަދި މީގެ ސަބަބުން ދޭހަވެގެންދަނީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޒުވާނުންނަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކުގެ ހަރުދަނާކަމެވެ.

            މި އެކްސްޕޯ ކުރިޔަށް ދިޔަގޮތާއިބެހޭގޮތުން މައުލޫމާތުދެއްވަމުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ނިޝާއު ވިދާޅުވީ ޔޫތު މިނިސްޓްރީއިން މިފަދަ ގިނަ އެކްސްޕޯތަކާއި ތަފާތު އެކިއެކި ޕްރަގްރާމްތައް މިހާރުވެސް އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަމުންނެވެ. އަދި މިނިސްޓަރ އިރުތިޝާމް އާދަމް އާއި މިނިސްޓްރީގެ ޓީމް އަބަދުވެސް މަސައްކަތްކުރަމުންދާނީ ޒުވާނުންގެ ދުޅަހެޔޮކާމައި ސިއްޙާތާއި އަދި އަމާން އޮމާން ސުލްޙަވެރި މުޖްތަމަޢުއެއް ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. 

            ސަރުކާރުގެ ޔޫތު މެނިފެސްޓޯގައި ހިމެނޭ އެއް ވައުދުކަމުގައިވާ 94،000 ވަޒީފާ ތަންފީޒުވާ މިންވަރު ބެލުމަށް ޔޫތު މިނިސްޓްރީއިން އަންނަނީ ކަމާއިބެހޭ އެންމެހާ ދާއިރަތަކުން މަޢުލޫމާތު އެއްކޮށް ތަފާސްހިސާބު ބަލަހައްޓަމުންނެވެ. މިގޮތުގެ މަތިން މިހާތަނަށް ވަޒީފާ އުފެދިފައިވާ މިންވަރު ތަފާސްހިސާބުތަކަށް ބަލާއިރު، 70،000 އަށްވުރެން މައްޗަށް ވަނީ އަރާފައެވެ.

 

22 ޖުލައި 2017


1 ހަފްތާ ކުރިން | Views: 164


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް