"ޔޫތު ޑިޕާރޓްމަންޓް އޯޕަން ޑޭ 2017"ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހަރަކާތެއް ބާއްވައިފ

                 "ޔޫތު ޑިޕާރޓްމަންޓް އޯޕަން ޑޭ 2017"ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހަރަކާތެއް ބާއްވައިފިއެވެ.

                  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން  ޒުވާނުންނަށް އަމާޒްކޮށްގެން އެ މިނިސްޓްރީގެ ޔޫތު ޑިޕަރޓްމަންޓާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވުނު ހަރަކާތް ކުރިޔަށްދިޔައީ މިމަހުގެ 21 ވީ ހުކުރު ދުވަހު މާފަންނު ޔޫތު ސެންޓަރުގައެވެ.

 

                  ހަވީރު 1600އިން 1800 އަށް، އަދި ރޭގަނޑު 2000 އިން 2200 އަށް މިހަރަކާތް ކުރިއަށް ދިޔައެވެ. މިހަވީރުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްއިން ޒުވާނުންނަށް އަމާޒުކޮށްގެން ގެންދެވުނު އެކިއެކި ޕްރޮގްރާމުތަކާއި ޚިދުމަތްތަކުގެތެރޭގައި، ވަޒީފާގެ ދަފްތަރުގައި ޒުވާނުން ރަޖިސްޓްރީކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތުދިނުމާއި، ޔޫތު ޑިޕާޓްމެންޓެއިން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތާއި، ކަސްރަތުކުރުމުގެ މުހިއްމުކަން އަދި މި ނޫނަސް ތަފާތުގިނަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދެވުނެވެ. އަދި ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ބައިވެރިވެވޭ ކުޅިވަރުގެ ޙަރަކާތްތަކެއް މިހަވީރުން ފެނިގެންދިޔަކަންވެސް ފާހަނގަކޮށްލަންޖެހެއެވެ.

                 ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވިގޮތުގައި މިފަދަ ހަރަކާތްތައް ބޭއްވުމުގެ ބޭނުމަކީ ޒުވާނުންނާއި އަދި ޒުވާނުންގެ އާއިލާއާއިއެކު ގޮސް މާޖާ މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާ އެއްބަޔަކު އަނެއްބައެއްގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. އަދި މުޖްތަމަޢުތެރޭގައި ސިއްޙީ ގޮތުންނާއި ނަފްސާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމުގައި ހުންނަންޖެހޭ އަސާސީ އަދި ފަންނީ މައުލޫމާތު މުއްސަނދިކޮށް، ޚިޔާލު ބަދަލުކޮށް އާއްމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ނާއިފް ވިދާޅުވިއެވެ.

24 އެޕްރީލް 2017


1 މަސް ކުރިން | Views: 427


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް