މިނިސްޓަރ އިރުތިޝާމް އާދަމް އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ އިރުތިޝާމް އާދަމް އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ބައްދަލު ކުރައްވައިފި.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ މަޝްރޫއުތައް ބައްލަވާލެއްވުމަށް މިމަހުގެ 16 އިން 17 އައް މިނިސްޓަރ އިރުތިޝާމް އާދަމް ކުރެއްވި ދަތުރުފުޅުގައިވަނީ އައްޑޫ ސިޓީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ ހިތަދޫ އަދި ހުޅުމީދޫ ޒުވާނުންނާ ވަކިވަކިން ވަނީ ބައްދަލު ކުރައްވާފައެވެ. އަދި  މިނިސްޓްރީއިން އައްޑޫ ސިޓީގައި މިއަހަރު ޒުވާނުންނައްޝާއި ކުޅިވަރުގެ ދާއިރާއައް ހިންގުމައް ތާވަލުކުރެވިފައިވާ މަޝްރޫ ތަކުގެ ތަފްސީލް ވަނީ ދެއްވާފައެވެ.

ޒުވާނުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ކުޅިވަރުގެ މަޝްރޫޢުތައް ހިންގެވުމަށް އައްޑޫ ސިޓީއަށް 36 ބިމެއް މިނިސްޓްރީގެދަށަށް ރަޖިސްޓްރީ ކުރައްވާފައިވާކަމަށެވެ. މި ބިންތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނޭކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ހުރިހާ ޔޫތު ސެންޓަރގެ ހާލަތު ބައްލަވާލައްވައި ޒަމާނީ ފެންވަރަށް ޔޫތު ސެންޓަރ ހިންގުމުގެ މަސައްކަތް ކުރުމަށްވެސް މިނިސްޓަރ ވަނީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

 

މިނިސްޓަރ އިރުތިޝާމްގެ މިދަތުރުފުޅުގައި އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ހާސިލްވަމުންދާކަމުގެ އިހުސާސް ކުރައްވާކަން އައްޑޫ ސިޓީގެ ޒުވާނުން ފާހަގަ ކުރެއްވުމެވެ. އަދި އެކަމަށްޓަކައި އައްޑޫ ސިޓީގެ ޒުވާނުންވަނީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށާއި މިނިސްޓަރ އިރުތިޝާމް އާދަމް އަށް ވަރަށް އިޚްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ. 


1 މަސް ކުރިން | Views: 375


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް