ޗައިނާފަދަ ސަގާފަތަށް ލޯބިކުރާ ޤައުމަކުން ނަމޫނާ ލިބިގަނެ ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަތައް ދިރުވުމަށް ދިވެހި ޒުވާނުންނަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ގޮވާލައްވައިފި

ޗައިނާފަދަ ސަގާފަތަށް ލޯބިކުރާ ޤައުމަކުން ނަމޫނާ ލިބިގަނެ ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަތައް ދިރުވުމަށް ދިވެހި ޒުވާނުންނަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހޯމަ ދުވަހުގެރޭ އޮލިމްޕަހުގައި ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ތާރީހާއި ސަގާފަތަކީ އެގައުމެއްގެ މިނިވަންކަމާއި ގުޅިފައިވާކަމެއްކަމަށެވެ. ރާއްޖެއަކީ މުއްސަދި ސަގާފަތެއް އޮތް ގައުމެއް ކަމަށާއި އެކަންކަން ދެމެހެއްޓުމަކީ ދިވެހި ޒުވާނުން މިއަދު ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އެކަން ކުރުމުގައި ޗައިނާފަދަ ގައުމުތަކުން އެގައުމުގެ ސަގާފަތް ދިރިވުމަށް ކުރާ މަސައްކަތުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރައީސް ޔާމީންގެ ޒައާމަތުގައި މިގުޅުން އިތުރަށް ބަދަހިވެ ވަރުގަދަ ވެގެންގޮސްފައިވާކަމަށެވެ. އަދި މިއަދު ޗައިނާއަކީ ރާއްޖެއަށް ނުހަނުބޮޑެތި އެހީތަކެއް ގިނަ ދާއިރާތަކުން ދެއްވަމުންދާ ގައުމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އޮލިމްޕަހުގައި ބޭއްވި މިޝޯ ހުށަހަޅައިދިނީ ޗައިނާގެ ޕާފޯމިން ދާއިރާގައި ހަރަކާތްތެރިވަމުންދާ "ޖިއަންގްސު ކަލްޗަރަލް ޕާފޯމިން" ގުރޫޕެވެ.

ޗައިނާގެ އާއަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި މިހަފްލާގައި ޗައިނާގެ ސަފީރާއި މިނިސްޓްރީގެ އިސްބޭފުޅުންނާއި ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޗައިނާ ރައްޔިތުނާއި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެވެސް ބައިވެރި ވެފައިވެއެވެ.

 

21 ފެބުރުވައީ 2017


1 މަސް ކުރިން | Views: 252


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް