ޗައިނީސް "ނިއު އިޔާ" ފާހަގަކުރުމަށް ބާއްވާ ހައްސަ ޝޯ މިރޭ އޮލިމްޕަހުގައި އޮންނާނެއެވެ.

20 ފެބްރުއަރީ 2017 - 00:02

އޮލިމްޕަހުގައި ބާއްވާ މިޝޯގައި ޕާފޯމް ކުރާނީ ޗައިނާގެ ޕާފޯމިން ދާއިރާގައި ހަރަކާތްތެރިވަމުންދާ "ޖިއަންގްސު ކަލްޗަރަލް ޕާފޯމިން" ގުރޫޕެވެ. އެކްރޮބަޓްސް ކަލްޗަރަލް އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި ތަފާތު ގިނަ އައިޓަމްތަކެއް ފެނިގެންދާނެއެވެ.

މިރޭގެ ޝޯގައި މި ގުރޫޕުގެ ފަރާތުން ހާއްސަ ނެޝުމުގެ އައިޓަމްތަކާއި ލަވަތަކާއި ކުންފޫގެ އައިޓަމްތަކާއި އަދި މިނޫންވެސް ތަފާތުގިނަ އައިޓަމްތައް ފެނިގެންދާނެއެވެ. މި ޝޯ ވެގެންދާނީ ބެލުންތެރިން ބަލާހިއްވާފަދަ ފޯރިގަދަ އައިޓަމްތަކެއް ފެނިގެންދާނެ ޝޯއަކަށެވެ. މިރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިޝޯ ބެލުމަށް ވަނީ އާންމުނަށްވެސް ހުޅުވާލާފައެވެ.

މިރޭގެ ޝޯ ޝަރަފްވެރި ކޮށްދެއްވާނީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.