ގދ. ތިނަދޫގައި ކުރިޔަށްގެންދާ ސްޕޯޓްސް އެރީނާގެ މަސައްކަތްތައް ރައީސުލް ޖުމްހޫރިއެްޔާގެ ނައިބު އޮނަރަބަލް އަބްދުﷲ ޖިހާދު ބައްލަވާލައްވައިފި

20 ފެބްރުއަރީ 2017 - 00:02

ރައީސުލް ޖުމްހޫރިއެްޔާގެ ނައިބު އޮނަރަބަލް އަބްދުﷲ ޖިހާދު މިމަހުގެ 13 ވަނަ ދުވަހު ގދ. ތިނަދޫއަށް ކުރެެއްވި ދަތުރުފުޅެއްގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވަނީ ޑެޕިއުޓީ މިނިސްޓަރ އަލީ އާދިލްއެވެ. މި ދަތުރުފުޅުގައި ތިނަދޫގައި ކުރިއަށްދަ ފުޓްސަލް ދަނޑުތަކުގެ މަސައްކަތްތަކާއި މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން މަޝްރުޢުތައްވެސް ބައްލަވާލައްވާފައިވެއެވެ.

މިދަތުރުފުޅުގައި އެ އަތޮޅުގެ މަޑަވެލި، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ، އަދި ފަރެސް މާތޮޑާއަށް ޑެޕިއުޓީ މިނިސްޓަރ އާދިލް ވަނީ ޒިޔާރަތްކުރައްވާ ޒުވާނުންގެ އިޙުސާސްތަކާއި ޝުއޫރުތައް އަޑުއައްސަވައި ޒުވާނުންގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި މިރަށްރަށުގައި މެނިފެސްޓޯގެ ދަށުން ކުރިޔަށް ގެންދެވޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފައިވެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރ އަލްފާޟިލާ އިރުތިޝާމް އާދަމް އާއި މިނިސްޓަރގެ ޓީމުން އަންނަނީ ސަރުކާރުގެ ޔޫތް އަދި ސްޕޯޓްސް މެނިފެސްޓޯގެ އެންމެހާ ކަންކަން ފުރިހަމަކުރުމުގެ ގޮތުން ރާއެްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކުރަމުންނެވެ.