ޝޫއަޗް ކަލެކްޓިވް އާއި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ކުރެހުންތެރިންގެ ފެސްޓިވަލެއް ބާއްވައިފި

ޝޫއަޗް ކަލެކްޓިވް އާއި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ކުރެހުންތެރިންގެ ފެސްޓިވަލެއް ބާއްވައިފި ކުރެހުންތެރިންގެ ހުނަރު ކުރިއަރުވާ އާލާކުރުމަށް ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޝޫއަޗް ކަލެކްޓިވް އާއި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ކުރެހުންތެރިންގެ ފެސްޓިވަލެއް ބާއްވައިފިއެވެ. މިފެސްޓިވަލް ކުރިޔަށްދިޔައީ މިމަހުގެ 10 އިން 13 އަށް ނޭޝަނަލް އާޓް ގެލެރީގައެވެ. މިފެސްޓިވަލުގައި ގިނަ އަދަދެއްގެ ޒުވާނުންބައިވެރިވެ ފަންނުވެރިކަން ދައްކާލާފައިވެއެވެ. މިފެސްޓިވަލު ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ޒުވާނުންގެ ތެރޭގައި ތިބި ކުރެހުމަށް ލޯބިކުރާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށްދިނުމެވެ. އަދި މިފުރުސަތުގެ ސަބަބުން ޒުވާން ކުރެހުންތެރިން އެއްތަނަކުން ދިމާވެ ހިޔާލުބަދަލުކޮށް މިރޮގުން އިތުރަށް ކުރިއަށް ދިއުމުގައި އިތުރުހިއްވަރެއް ލިބިގެންދެއެވެ. އެންސީއޭއިން ދަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެހުމާއި ފަންނުގެ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

1 މަސް ކުރިން | Views: 500


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް