މިއަދުގެ ކުޑަކުދިންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އަދުގެ ޒުވާނުންގެ އަޅާލުމާއި އެހީތެރިކަން އެކުދިންނަށް ލިބި ނަމޫނާ ބަޔަކަށް މިއަދުގެ ޒުވާނުން ވުމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެ

މިއަދުގެ ކުޑަކުދިންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އަދުގެ ޒުވާނުންގެ އަޅާލުމާއި އެހީތެރިކަން އެކުދިންނަށް ލިބި ނަމޫނާ ބަޔަކަށް މިއަދުގެ ޒުވާނުން ވުމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބާ ފާހަނގަ ކުރުމަށް އަންގާރާ ދުވަހުގެރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ މުސްތަގުބަލުކަމަށާއި މިއަދުގެ ޒުވާނުން އެކުދިންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ ފަންނީ އަދި އިލްމީ ބަޔަކަށް ހެދުމަށް އަދުގެ ސަރުކާރުން ތަނަވަސް ފުރުސަތުތަކެއް ފަހި ކޮށްދެއްވަމުން ދާކަމަށެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ރާއްޖެއާއި ޗައިނާއި އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އަދި ރައީސް ޔާމީންގެ ޒައާމަތުގައި މިގުޅުން އިތުރަށް ބަދަހިވެ ވަރުގަދަ ވެގެންގޮސްފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ޗައިނާއަކީ ރާއްޖެއަށް ނަމޫނާ އެހީތެރިކަމެއް އެކި ދާއިރާތަކުން ދެމުންދާ ގައުމެއް ކަމުގައި މިނިސްޓާރ ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި މިހަފްލާގައި ޗައިނާގެ ސަފީރާއި މިނިސްޓްރީގެ އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.


1 މަސް ކުރިން | Views: 241


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް