ޒުވާނުންގެ މެނިފެސްޓޯގެ ދަށުން އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވަމުންދަނީ ރާއްޖޭގެ އެކި ކަނކޮޅުގައި ކުޅިވަރުގެ ދާއިރާއިން އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް

އާދިއްތަ ދުވަހުގެރޭ ޗެނަލް ތޭރައިގައި ބޭއްވި ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހުސިން ހަމީދު ވިދާޅުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޒުވާނުންގެ މެނިފެސްޓޯގެ ދަށުން އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވަމުންދަނީ ރާއްޖޭގެ އެކި ކަނކޮޅުގައި ކުޅިވަރުގެ ދާއިރާއިން އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ކަމުގައެވެ. އަދި ޒުވާނުންގެ އާބާދީ ކިތަންމެ ކުޑަ ރަށްތަކުގައިވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު އެޒުވާނުންނަށް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑުތައް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެރަށްރަށުގައި ގާއިމުކޮށްދެއްވާފައިވާ ކަމުގައިވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވެފައިވެއެވެ.މީގެ އިތުރުން ނިމިގެންދިޔަ އަހަރު ތެރޭގައި 67 ރަށެއްގެ ފުޓްސަލް ދަނޑު އެޅުމަށް އެމްއާރްޑީސީއާ ހަވާލު ކުރެވިފައިވާ ކަމަށް މިއިންޓަރވިއުގައި ވިދާޅުވެފައިވެއެވެ.


1 މަސް ކުރިން | Views: 458


ފޮޓޯތައް

ގުޅުންހުރި ޚަބަރު

ޓެގްތައް